ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

ކަނޑުން ހޮވާފައިވާ ބޯޓު ނީލަން ކިޔުމާއީ ބެހޭ:

ހިއްސާ ކޮށްލުމަށް

telegram

އއ. މަތިވެރި، ގަސްކަރަ / ޢަލީ މުސްޠަފާ، ހޮވައިގެން ގެނެސްފައިވާ ބޯޓު، މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން މި ކައުންސިލްގެ ބެލުމުގެ ދަށުން ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ.

                     ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ސިޓީލާ ނީލަމުގެ އުސޫލުން ނީލަމުގައި ބައިވެރިވެދެއްވުމަށް އެދެމެވެ.

                                  .........................................................

1.       ފަށާ އަގު -/103,500ރ (އެއްލައްކަ ތިންހާސް ފަސްސަތޭކަ) ރުފިޔާއެވެ.

2.       ސިޓީލާ މިނީލަމުގައި އިތުކުރެވޭނީ މަދުވެގެން -/5000 ރުފިޔާއެވެ.

3.       ނީލަމުގެ އަގު ހުށަހަޅަންވާނީ ރަސްމީ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން މިކަމަށް ޙާއްސަކޮށް ކައުންސިލުން ދޫކުރާ ފޯމުންނެވެ.

4.       އަގުހުށަހަޅާ ފޯމްގެ އަސްލު ކައުންސިލަށް ހުށަހަޅަންވާނެއެވެ. މިފޯމް އޮންލައިންކޮށް ބަލައެއް ނުގަނެވޭނެއެވެ.

5.       މިނީލަމުގައި ޢާންމު ފަރުދުންނާއި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށް ބައިވެރިވެވޭނެއެވެ.

6.       މިނީލަމުގައި ބައިވެރިވާން ފުރަތަމަ ފަހަރަށް ފޯމް ހުށަހަޅާއިރު އައިޑީ ކާޑް ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

7.       ނީލަން ކުރިއަށްދާނީ 7 މޭ 2023 ވަނަދުވަހުން ފެށިގެން 15 މޭ 2023 ވާ ހޯމަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ.

8.       ވިދިވިދިގެން 3 ދުވަސްވަންދެން އަގު ބަދަލުނުވެ، އެއް އަގެގައި ހުރިނަމަ އެއީ ލިބޭނެ އެންމެ ބޮޑު އަގުކަމަށްބަލާ އެއަގު ހުށަހެޅި ފަރާތަށް ބޯޓު ވިއްކާލެވޭނެއެވެ.

9.       ދުވަސް ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުލައެވެ.

10.   އެއް އަގެއް އެއް ފަރާތަށްވުރެ ގިނަފަރާތަކުން ހުށަހަޅާފިނަމަ، އެންމެ ފަހުން އެއަގު ހުށަހަޅާ ފަރާތަށް އެއަގު ބަލާ ނުގަނެވޭނެކަމަށް ކައުންސިލުން އެވަގުތު ފޯމް ހިފާގެން އާ ފަރާތަށް އަންގަންވާނެއެވެ.

11.   ކޮންމެ ދުވަހަކުވެސް އެ ދުވަހު ލިބިފައިވާ އެންމެ ބޮޑު އަގު އެދުވަހެއްގެ އޮފީސް ބަންދު ކުރުމުގެ ކުރިން ނޯޓިޝް ބޯޑަށް ނެރެންވާނެއެވެ.

12.   މިނީލަން ކާމިޔާބު ކުރިފަރާތައް ބޯޓު ވިއްކާލެވޭނީ މިކައުންސިލާއި އެފަރާތާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                        14 ޝައްވާލް 1444

                    04 މެއި 2023

 

އެހެނިހެން އިއުލާން