ޤަވާއިދު ނަންބަރު:181-އާރ/2022 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާއިދު) ދަށުން ބިން އަމިއްލަކުރުމުގެ އަގު ކަނޑައެޅުމާއި ގުޅޭ؛
އިޢުލާން
ޤަވާއިދު ނަންބަރު:181-އާރ/2022 (ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާއިދު) ދަށުން ބިން އަމިއްލަކުރުމުގެ އަގު ކަނޑައެޅުމާއި ގުޅޭ؛
ޤަވާއިދު ނަންބަރު:181-އާރ/2022 "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާއިދު"ގެ 9 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބަންޑާރަ ގޯއްޗެއް އަމިއްލަކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައަޅާނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.
އެގޮތުން، މި ޤަވާއިދުގެ 9 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، އަރިއަތޮޅު އުތުރުބުރީ މަތިވެރިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް އަމިއްލަ ކުރުމަށްޓަކައި ދައްކަންޖެހޭ އަގަކީ އަކަފޫޓަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ ކަމުގައި މި ކައުންސިލްގެ 5 ވަނަ ދައުރުގެ 9 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
26 ޞަފަރު 1448
09 އޯގަސްޓް 2026
އެހެނިހެން އިއުލާން