މިކައުންސިލުން އެކުލަވާލާ ދެ އުސޫލަކާމެދު އާންމުގެ ހިޔާލު ހޯދުމާ ގުޅޭ
އިޢުލާން
މިކައުންސިލުން އެކުލަވާލާ ދެ އުސޫލަކާމެދު އާންމުގެ ހިޔާލު ހޯދުމާ ގުޅޭ
މި ކައުންސިލުގެ އިހްތިޞާސްގެ ދަށުގައިވާ އއ. މަތިވެރީ ފިނޮޅު ރައްޔިތުންނަށް އެންމެ ފައިދާކުރާނިވި ގޮތެއްގައި ބޭންކުރުމުގެ މަޤުޞަދުގައި އެކުލަވާލާ " އއ. މަތިވެރީ ފިނޮޅު ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުޞޫލު" އާއި މިރަށުގައި ޤާއިމްކޮށްފައިވާ ވޯޓާރޕާކް ބޭނުން ކުރުމުގެ އުސޫލުތައް ކަނޑައެޅުމަށްޓަކައި އެކުލަވާލާ " ވޯޓަރޕާރކް ބޭނުންކުރުމުގެ އުސޫލު" އަށް ޢާންމުގެ ހިޔާލު ހޯދުމަށް މި ކައުންސިލުން ބޭނުންވާތީ މި ދެ އުސޫލުގެ ޑްރާފްޓްގެ ދެލިކޮޕީ ހިޔާލު ހުށަހެޅުމަށް ހުޅުވާލަމެވެ. މިދެންނެވުނު ދެ އުސޫލް ކައުންސިލްގެ ވެބްސައިޓް: https://mathiveri.gov.mv/downloads?category=14 ގައި އާންމު ކުރެވިފައިވާނެއެވެ.
މިގޮތުން މި ދެ އުސޫލާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ހިޔާލުތައް legal@mathiveri.gov.mv އީމެއިލްއަށް 12 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ފޮނުވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
23 މުޙައްރަމް 1448
08 ޖުލައި 2026
އެހެނިހެން އިއުލާން