30 ވަނަ އަރިއުތުރު ޤުރްއާން މުބާރާތުގައި "އއ. މަތިވެރި" ޓީމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން:
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން 2025 ޖުލައި 24 އިން 27 އަށް ބާއްވާ 30 ވަނަ އަރިއުތުރު ޤުރްއާން މުބާރާތުގައި އއ. މަތިވެރި ތަމްޞީލު ކުރާނެ ބައިވެރިން މި މުބާރާތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
|
ރަޖިސްޓްރީކުރުން |
· މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. · ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ، project@mathiveri.gov.mv މެއިލް ކުރެއްވުން އެދެމެވެ.
|
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
· މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުން 2025 ޖުލައި 10 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ކައުންސިލް މީޓިންގ ހޯލްގައި އޮނާނެއެވެ.
|
|
ބީލަން ހުށައެޅުން
|
· ބިޑް ބަލާގަތުމާއި ހުޅުވުން އޮންނާނީ 2025 ޖުލައި 15 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. · ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. |
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
11 A 1447
06 ޖުލައި 2025
އެހެނިހެން އިއުލާން