މަތިވެރީ މިޔަރުވެހި ހުޅުވައިފި
މަތިވެރީ ބަނދަރު ތެރޭ މިޔަރު ޖަމާވާ ސަރަޙައްދުގައި އިށީންދެ ތިބެ މިޔަރު ބެލޭނޭހެން ހެދި “މިޔަރު ވެހި” ހުޅުވައިފިއެވެ. އިއްޔެ ހަވީރު މިކަމަށް ޚާއްޞަކޮށްގެން މަތިވެރީ ބަނދަރު ސަރަޙައްދުގައި ބޭއްވި ޙަފްލާގައި މި ވެހި ހުޅުވައިދެއްވީ ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބުއެވެ.
މި ޙަފްލާގައި މަތިވެރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަންގަވައި ގޭބިސީތަކުން ތައްޔާރުކޮށް ރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެރުވި ހަވީރުގެ ސައިފޮދެއް އޮތެވެ.
ކައުންސިލުގެ ކުރެހުމާއި އެއްގޮތަށް މި ވެހި ބިނާކޮށްދެއްވީ މިރަށު ނަސީމީމަންޒިލް މޫސާ ޙަސަނާއި މަތިވެރީގައި ޤާއިމުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ މަތިވެރީ ސައިޓުގެ މުވައްޒަފުންނެވެ.
މި މަޝްރޫއާއި މި ޙަފްލާއަށް އެކިގޮތްގޮތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި އެންމެހައި ފަރާތްތަކަށާއި ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ސައި ތައްޔާރުކޮށްދެއްވި ރަށުގެ ލޮބުވެތި ކަނބަލުންނަށް ޝުކުރު ދަންނަވަމެވެ.
އެހެނިހެން ޚަބަރުތައް
މަގޭ ވެށި ޗާލު މަތިވެރި މި ޝިޔާރުގެ ދަށުން ރަށް ސާފުކުރުމުގެ ބޮޑު ހަރަކާތް ކުރިޔަށް ގެންގޮސްފި
2023-06-19 09:59:13
ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅުވައިގެން ބޭއްވުނު ޕޯސްޓަރ ފަރުމާ ކުރުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުން
2023-04-08 19:02:37
މި އަހަރުގެ ފުރަތަމަ ބޮޑު ދަރުސް ބޭއްވުން
2023-04-04 01:39:11
އެކޮމޮޑޭޝަން ޚިދުމަތް ދޭ ތަންތަނުގައި ޤިބްލަ ސްޓިކާ ހަރުކޮށްފި
2023-03-22 19:04:21
މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ޕްރޮގްރާމް ހިންގުން
2023-03-16 21:49:36