ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭ:
އިޢުލާން
ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭ:
މަތިވެރީ ފިނޮޅު އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކުރުމާއި ގުޅޭގޮތުންނާއި އަދި އިންޓަރ ގްރޭޓެޑް ޑިވެލޮޕްމަންޓްއާއި ގުޅިގެން ސީއެސްއާރުގެ ގޮތުގައި ކަނޑައަޅާނެ ކަންކަމާއި ގުޅޭ ގޮތުން ރައްޔިތުންނާއި މަޝްވަރާ ކޮށްލުމަށް ބޭނުންވާތީވެ 2023 އޮކްޓޯބަރ 15 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގައި ކައުންސިލް އިދާރާގެ މީޓިން ހޯލްގައި އޮންނާނެއެވެ. އެހެންކަމުން، މި ބައްދަލުވުމަށް ރަށުގެ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ މިކައުންސިލްގެ ފަރާތުން އެދޭ ވަރަށް ބޮޑުއެދުމެކެވެ.
ވީމާ މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. އަދި މި އިޢުލާނާއެކު ބައްދަލުވުމުގެ އެޖެންޑާ އާއްމު ކުރެވިފައިވާނެއެވެ.
8 އޮކްޓޯބަރު 2023
އެހެނިހެން އިއުލާން