ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން (3 ވަނަ)
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން (3 ވަނަ)
މިރަށު ދެފަށްތޮށިން 1000 އަކަފޫޓްގެ 1 ބިމުގައި (ތެޔޮ ބިން 1) ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާގުޅިގެން މިކައުންސިލްގެ ނަމްބަރު (IUL)342/INDIV/2023/14 (26 ޖަނަވަރީ 2022) ކޮށްފައިވާ އިޢުލާން ބާޠިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
|
ބީލަމަށް ރަޖިސްޓްރީކުރުން |
· މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 09 އޭޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ. މިދެންނެވިފޯމް މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ. މެއިލް ކުއްރައްވާނަމަ، project@mathiveri.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. · މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ. ނަމަވެސް އަމިއްލަ ފަރުދަކަށް ބިޑް އެވޯޑް ވެއްޖެނަމަ، އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކުރަން ޖެހޭނެއެވެ. · ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ. ނުވަތަ އަމިއްލަ ފަރުދެއްނަމަ، އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. · މި ބީލަން ބައްލަވާ ގަނެވޭނީ -/1000 ރުފިޔާއަށެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަން ބައްލަވާ ގަންނަ ފަރާތްތަކަށެވެ. · މަތީގައި ދެންނެވިފައިވާ ނަމްބަރު އިޢުލާނާ ގުޅިގެން ކުރިން ބީލަމަށް ފައިސާ ދައްކަވާފައިވާ ފަރާތްތަކުން އަލުން މިބީލަމަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި ބީލަމުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
· ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 10 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 11:30 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. · މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަންވެރިންނަށް އީމެއިލް ކުރެވޭނެއެވެ. · ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ project@mathiveri.gov.mv އީމެއިލަށެވެ. |
|
ބީލަން ހުށައެޅުން
|
· ބީލަން ހުޅުވުން އޮންނާނީ 13 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. · ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. · ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ބީލަމެވެ. |
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
13 ރަމަޟާން 1444
04 އޭޕްރީލް 2023
އެހެނިހެން އިއުލާން