ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

1444 ވަނަ އަހަރު ރަމަޟާންމަހު ސަރުކާރުން ކަދުރު ބެހުމާބެހޭ:

ހިއްސާ ކޮށްލުމަށް

telegram

އިޢުލާން

1444 ވަނަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ކަދުރު ބެހުމާބެހޭ:

                       1444 ވަނަ އަހަރުގެ ރަމަޟާން މަހު ސަރުކާރުން ބެހުމަށް މި ކައުންސިލާ ޙަވާލުކުރި 81 ޕަކެޓް ކަދުރު ބަހާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.

1.      ކަދުރު ބަހާނީ 2022 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދޭ އުޞޫލުންނެވެ. މިގޮތުން މިދެންނެވި ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މިރަށުގެ 4 ގޭބިސީއަށް މިއަދު ކަދުރު ޙަވާލުކެވޭނެއެވެ.

 

2.      ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު ބާކީވާ 77 ޕަކެޓް ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުންނެވެ. މިގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރެވެ. މި 77 ޕަކެޓް ހުސްވަންދެން އެންމެ ފުރަތަމަ އަންނަ 77 ގޭބިސީއަށް 2023 އޭޕްރީލް 05 ވާ ބުދަ ދުވަހުން ފެށިގެން ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 9:30 އިން 13:00 އަށް މި އިދާރާއިން ކަދުރު ޕަކެޓްތައް ބަހަމުން ދާނެއެވެ. ކަދުރު ޙަވާލުކުރެވޭނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން އަންނަ އެ ގޭބިސީގެ ރަޖިސްޓްރީގައިވާ ފަރާތަކާއެވެ.

 

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                                1444 I 13

4                                                                        އެޕްރީލް 2023

އެހެނިހެން އިއުލާން