ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ
އިޢުލާނު
ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ
ޤާނޫނު ނަންބަރ 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއިގުޅޭ ޤާނޫނުގައިވާ ގޮތުގެ މަތީން ރަށުގެ އެކި ކަންކަމުގެ މައުލޫމާތު ދިނުމާ މަޝްވަރާ ހޯދުމަށް ކޮންމެ 4 މަހުން 1 ފަހަރު ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް ލާޒިމްކޮށްފައިވެއެވެ.
މިހެންކަމުން 2023 މާރިޗު 29 ވާ ބުދަ ދުވަހު ރޭ 9:30 ގައި ކައުންސިލް އިދާރާގެ މީޓިން ހޯލްގައި ބޭއްވުމަށް އިއުލާންކުރެވިފައިވާ ބައްދަލުވުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 އޭޕްރިލް 28 ވާ ހުކުރު ދުވަހުގެރޭ 9:00 ކަމުގައި ދަންނަވަމެވެ.
އެހެންކަމުން، މި ބައްދަލުވުމަށް ރަށުގެ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ މިކައުންސިލްގެ ފަރާތުން އެދޭ ވަރަށް ބޮޑުއެދުމެކެވެ.
ވީމާ މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. އަދި މިއިޢުލާނާއެކު ބައްދަލުވުމުގެ އެޖެންޑާ އާއްމުކޮއްފައި ވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
29 މާރިޗު 2023
އެހެނިހެން އިއުލާން