ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ

ހިއްސާ ކޮށްލުމަށް

telegram

(IUL)342/INDIV/2026/52ނަންބަރު:

 

އިޢުލާން

 

ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ

                  ރަށުގެ އެކި ކަންކަމުގެ މައުލޫމާތު ދިނުމާ މަޝްވަރާ ހޯދުމަށް ކޮންމެ 4 މަހުން 1 ފަހަރު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 2026 ޖޫން 30 ވާ އަންގާރާ ދުވަހު ރޭ 20:30 ގައި ކައުންސިލް އިދާރާގެ އާދަމް ޙުސެއިން މާލަމުގައި  އޮންނާނެއެވެ.

                  ވީމާ މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ރަށުގެ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކު ވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ފަރާތުން އެދޭ ވަރަށް ބޮޑުއެދުމެކެވެ. އަދި މި ބައްދަލުވުމުގައި ރަށާއި ގުޅުންހުރި މުހިންމު ކަންކަން ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ނިންމުން އޮންނާނެ ވާހަކަ ދެންނެވީމެވެ.

އެޖެންޑާ:

1.       ޤުރުޢާން ބަރަކާތުން ބައްދަލުވުން ފެށުން.                  

2.      ތަޢާރަފް ކުރުމާއި މަރުޙަބާ ދެންނެވުން.

3.      ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކުން.

4.      ނާސަރީ އަޅާނެ ބިމެއް ކަނޑައެޅުން.

5.      ވޯޓަރ ޕާރކް ލޮކޭޝަން ބަދަލުކުރުމާއި ގުޅިގެން ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ގޮތެއް ނިންމުން.

6.      ލައިސެންސް ޓްރެކް އަޅާނެ ސަރަޙައްދެއް ކަނޑައެޅުން.

7.      LUP ރިވައިސް ކުރުން.

8.      ވޯޓަރ ޕާރކް އުސޫލާއި ގުޅިގެން މަޝްވަރާ ހޯދުން.

9.      މަތިވެރި ފިނޮޅު ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްޤީ ކުރުމަށް ހިޔާލު ހޯދައި ގޮތެއް ނިންމުން.

10.  ޕްރޮޖެކްޓްތަކުގެ އަދާހަމަ ހިއްސާކުރުން.

11.  ރައްޔިތުންގެ ސުވާލާއި ޖަވާބު.

 

 

ބައްދަލުވުން އޮންނާނެ ތަނާއި ތާރީޚް އަދި ގަޑި:

ތާރީޚް: 30 ޖޫން 2026

   ގަޑި: 20:30

   ތަން: އާދަމް ޙުސައިން މާލަމް

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

               06 މުޙައްރަމް 1448

               21 ޖޫން 2026

އެހެނިހެން އިއުލާން