1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން
އިޢުލާން
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ފައިސާއިން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ރަމަޟާންމަހުގެ 4 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:30 އަށެވެ. ފައިސާ ދައްކަވަން ވަޑައިގަންނަވާއިރު ޒަކާތް ދައްކަވާ ގޮވާމުގެ ބާވަތާއި މީހުންގެ ނަމާއި އަދި ޒަކާތަށް ދައްކަވާ ފައިސާ ހަމައަށް ގެންނެވުން އެދެމެވެ. އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ޒަކާތް ދެއްކެވުމަށް ޓްރާންސްފަރ ކުރާނެ އެކައުންޓު ނަންބަރާއި ޓްރާންސްފަރ ސްލިޕް އަދި ޒަކާތް ދައްކާ މީހުންގެ ލިސްޓާއި ގޮވާމުގެ ބާވަތް ވައިބަރ ކުރާނެ ނަންބަރު ތިރީގައި މިދަންނަވަނީ އެވެ.
ފައިސާ ޓްރާންސްފަރ ކުރައްވާނީ:
އެކައުންޓް ނަންބަރު: 7721-700484-004
އެކައުންޓް ނަން: 1386 KHARADHU 2
ވައިބަރ ނަންބަރު: 7959849
ފައިސާ އިން ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭ ބަނޑު ކެއުމުގެ ގޮތުގައި އެބަޔަކު އާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ މިންވަރަށްވާ މިދަންނަވާ އަދަދެވެ.
|
އާދައިގެ ހަނޑޫ |
ތައިލެންޑް ހުދު ހަނޑޫ |
ރަތް ހަނޑޫ |
ބާސްމަތީ |
އާދައިގެ ފުށް |
އާޓާ ފުށް |
||
|
އާދައިގެ ހަނޑޫ |
މޮޅު ހަނޑޫ |
އެންމެ މޮޅު ހަނޑޫ |
|||||
|
-/12 |
-/84 |
-/99 |
-/84 |
-/100 |
-/125 |
-/12 |
-/75 |
1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ގޮވާމުން ބަލައިގަތުން މި ރަމަޟާންމަހުގެ 26 އިން 30 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 12:30 އަށް މި ކައުންސިލްގައި ކުރިއަށް ދާނެއެވެ. ގޮވާމުން ޒަކާތް ދެއްކެވުމަށް އަހަރު ތެރޭ ބަނޑު ކެއުމުގެ ގޮތުގައި އެބަޔަކު އާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ހަމަ ކުރައްވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
30 ޝަޢުބާން 1444
22 މާރިޗު 2023
އެހެނިހެން އިއުލާން