ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޙަރަކާތްތައް

ހިއްސާ ކޮށްލުމަށް

telegram

އިޢުލާން

 

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ޙަރަކާތްތައް:

              ބަރަކާތާއި ރަޙްމަތުން ފުރިގެންވާ ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަޙުނިޔާ މަތިވެރީގެ ލޮބެތި އަޚުންނާއި އުޚުތުންނަށް އަރިސް ކުރަމެވެ. މި ކައުންސިލުން އިންތިޒާމުކުރާ ރަމަޟާންމަހުގެ ޙަރަކާތްތައް ތިރީގައި މިދަންނަވަނީއެވެ.

ޙަރަކާތް

ވަގުތު

މަސްޖިދުއް ނަޞްރު

މަސްޖިދުލް އިޙްސާން

ތަރާވީޙް ނަމާދު

ޢިޝާ ނަމާދަށްފަހު

ޙިފްޡުކޮށް

ކުރުކޮށް

މިސްކިތު ދަރުސް

ޢަޞްރު ނަމާދަށްފަހު

ކޮންމެ ހުކުރު، އަންގާރަ

ކޮންމެ ހޮނިހިރު

ދަމު ނަމާދު

ފަހު ދިހައިގެ މެންދަމު 2:30 ގައި

 

އިޢުތިކާފަށް ތިބުން

ފަހު ދިހައިގައި

 

 

             މި ރަމަޟާންމަހު ދުވާލު ވަގުތު ޣައިރު މުސްލިމުން ރަށުތެރޭގައި ކެއިން ބުއިމުގެ ކަންކަން ބަހައްޓަންވީ ގޮތާއި އާންމު އިޖުތިމާޢީ މިންގަނޑާ އެއްގޮތަށް ހެދުން އެޅުމަށް ފަތުރުވެރިންނަށް މަޢުލޫމާތު ދިނުމަށް ފަތުރުވެރިން ގެންގުޅުއްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދަންނަވަމެވެ. މި ބަރަކާތްތެރި ރަމަޟާން މަހު ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވެ މި މާތް މައްސަރުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި މަޣްފިރަތަށް އެދި ހެޔޮ ޢަމަލު ގިނަކުރުމަށް މަތިވެރީގެ އެންހެމަހައި ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. މި ބަރަކާތްތެރި ރަމާޟަން މަހަކީ ދަރުމަ އާއި ޘަވާބުން ފުރިގެންވާ އުފާ ފާގަތި މައްސަރެއް ކަމުގައި މާތް ﷲ ލައްވާށިއެވެ. އާމީން.

            30 ޝަޢުބާން 1444

             22 މާރިޗު 2023

އެހެނިހެން އިއުލާން