އތމ ކޮމިޓީގެ 2 ވަނަ ދީނީ ސުވާލު މުބާރާތް
އިޢުލާން
މި ކޮމެޓީގެ 2 ވަނަ ދީނީ ސުވާލްމުބާރާތާއި ގުޅޭ:
މި ކޮމިޓީ އާއި މަތިވެރި ކައުންސިލާއި އަދި މަތިވެރީ ލާރނިންގ ސެންޓަރ ގުޅިގެން މި ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް 2023 އޭޕްރިލް 13 އިން 15އަށް ދީނީ ސުވާލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދަކީ އއ. މަތިވެރީ ރައްޔިތުންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބިޖެއްސުމާއި ދީނީ ގޮތުން އެގެންޖެހޭ މަޢުލޫމާތުތައް ހޯދުމަށް ބާރުއެޅުވުމެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ބައިވެރިން ހިމެނޭ ޓީމްތަކެއް ކުއިޒްތަކުގައި ވާދަކޮށްގެންނެވެ. މި މުބާރާތުގައި މިރަށުގައި ޤާއިމްވެފައިވާ ކްލަބް/ޖަމިއްޔާތަކާއި އިދާރާތަކާއި އަދި އަމިއްލަ ޓީމްތަކުންވެސް ބައިވެރިވެވޭނެއެވެ. މި މުބާރާތުގައި ބައިވެރި ވެވޭނީ އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 8 ޓީމަކަށެވެ. މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 2023 މާރޗް 22 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކޮށް އއ.މަތިވެރީ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މިއިޢުލާނާއިއެކު މި މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ޤަވާޢިދު އާންމު ކުރެވިފައިވާނެއެވެ. އަދި މިމުބާރާތާއި ގޮޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9182929/9880886 މި ނަންބަރަށެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
27 ޝަޢުބާން 1444
19 މާރޗް 2023
އެހެނިހެން އިއުލާން