ހިޔާލު ހުށައެޅުން

ހިޔާލު ހުށައެޅުން

"މަގޭ ވެށި، ޗާލު މަތިވެރި 2024" ކްލީނިންގ އިވެންޓަށް ސްޕޮންސަރުން ހޯދުމާއި ގުޅޭ

ހިއްސާ ކޮށްލުމަށް

telegram

އިޢުލާން

 

"މަގޭ ވެށި، ޗާލު މަތިވެރި 2024" ކްލީނިންގ އިވެންޓަށް ސްޕޮންސަރުން ހޯދުމާއި ގުޅޭ

            މި ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "މަގޭ ވެށި، ޗާލު މަތިވެރި" ކްލީނިންގ އިވެންޓް މިއަހަރުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

            މި އިވެންޓަކީ ހުރިހާ އަހަރަކުވެސް ހެޔޮ އެދޭ އެކިއެކި ފަރާތްތަކުގެ ބޮޑު އެހީތެރިކަމާއިއެކު ކުލަގަދަކޮށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި އިވެންޓަށް ސްޕޮންސަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 15 މެއި 2024 ގެ ކުރިން މި ކައުންސިލަށް ވަޑައިގެން ސްޕޮންސަރ ހަވާލުކޮށްދިނުން އެދެމެވެ. އަދި ޓްރާންސްފަރ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިވާ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއި އެކު މި އިވެންޓްގެ ޕްރޮޕޯސަލް އާންމުކުރެވިފައި ވާނެއެވެ. އަދި މި ޕްރޮޕޯސަލްގައި އިވެންޓަށް ސްޕޮންސަރ ހުށަހެޅޭނޭ ގޮތުގެ ތަފްސީލް ހިމެނިފައި ވާނެއެވެ.

އެކައުންޓް ނަންބަރު: 7721700484001

އެކައުންޓްގެ ނަން: 1386 Revenue 1

             "ވަގޭ ވެށި، ޗާލު މަތިވެރި" ޕްރޮގްރާމަށް އެހީތެރިވާ ފަރާތްތަކާއި ޢަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. އަދި ކުރިއަށް މިއޮތް "މަގޭ ވެށި، ޗާލު މަތިވެރި" އިވެންޓްގައި ބައިވެރިވުމަށް އެންމެހާ ފަރާތްތަކަށް ދަޢުވަތު އަރުވަމެވެ.

               29 ޝައްވާލް 1445

               8 މޭ 2024

އެހެނިހެން އިއުލާން