ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭ
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުމާއިބެހޭ
ރަށުގެ އެކި ކަންކަމުގެ މައުލޫމާތު ދިނުމާ މަޝްވަރާ ހޯދުމަށް ކޮންމެ 4 މަހުން 1 ފަހަރު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 2024 އެޕްރީލް 23 ވާ އަންގާރަ ދުވަހު ރޭ 20:30 ގައި ކައުންސިލް އިދާރާގެ އާދަމް ޙުސެއިން މާލަމުގައި އޮންނާނެއެވެ.
ވީމާ މި ބައްދަލުވުމަށް ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ރަށުގެ ރައްޔިތުންގެ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ މިކައުންސިލްގެ ފަރާތުން އެދޭ ވަރަށް ބޮޑުއެދުމެކެވެ.
އެޖެންޑާ:
1. ރަށުގައި މިހާރު ކުރިޔަށްދާ މުހިންމު މަޝްރޫޢު ތަކާއި ކުރިޔަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން.
2. ޓޫރިސްޓް ބީޗް މަތިވެރި ފިނޮޅަށް ބަދަލުކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
3. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުން.
ބައްދަލުވުން އޮންނާނެ ތަނާއި ތާރީޚް އަދި ގަޑި:
v ތާރީޚް: 23 އޭޕްރީލް 2024
v ގަޑި: 20:30 (ރޭގަނޑު)
v ތަން: އާދަމް ޙުސައިން މާލަމް
9 ޝައްވާލް 1445ހ.
18 އެޕްރީލް 2024މ
އެހެނިހެން އިއުލާން